



.jpg?w=3840&q=75)




-
ސަރުކާރުގެ ވަޒީރުންނާ ސީދާ ސުވާލުކޮށް މަޢުލޫމާތު އޮޅުންފިލުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ "އަހާ" ސިލްސިލާ ފޯރަމްގެ 11 ވަނަ ފޯރަމް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ފޯރަމް އޮންނާނީ މިރޭ 21:00 އިން 23:00 އަށް، ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައެވެ.
ދެ ގަޑިއިރުގެ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ:
މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލީ މަޢުލޫމާތު ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންނާ ޙިއްޞާކުރުމާއި، އެ ދާއިރާތަކާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް އެ ވުޒާރާތަކުގެ އެންމެ އިސްވެރިންގެ ފަރާތުން ސީދާ ޖަވާބު ހޯދައިދިނުމެވެ.
މި ފޯރަމްގައި ސުވާލުކުރުމުގެ ފުރުޞަތު އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ފޭސްބުކް، އެކްސް އަދި ޕީއެސްއެމްގެ އެއަރ އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް މި ފޯރަމްގައި ބައިވެރިވެ ވަޒީރުންނަށް ސުވާލު ހުށަހެޅޭނެއެވެ.
2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ފެށި "އަހާ" ފޯރަމް ސިލްސިލާގެ 10 ފޯރަމެއް މިހާތަނަށް ކާމިޔާބުކަމާއެކު ބާއްވާފައިވާއިރު، މިއީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ.




.jpg?w=3840&q=75)