
.png?w=3840&q=75)







9 ވަނަ 'އަހާ' ފޯރަމް 3 ވަޒީރަކާއެކު މިރޭ އޮންނާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ގެނެސްދޭ ފޯރަމް މިރޭ ވެސް ފަށާނީ 9 ޖަހާއިރުއެވެ.
މިރޭގެ ފޯރަމްގައި ބައިވެރިވަޑައިގަންނަވާނީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އަދި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުއެވެ.
ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައި އޮންނަ މި ފޯރަމްގައި ވެސް އެތަނަށް ގޮސްގެންނާއި ފޯރަމް ކުރިއަށްދާ ވަގުތު، ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މިރޭ ވެސް ފޯރަމް ކުރިއަށްގެންދާނީ ދެ ގަޑިއިރަށެވެ.
އަހާ" ސިލްސިލާ ފޯރަމްތައް ފަށާފައިވަނީ، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
މި ފޯރަމްގެ ޒަރިއްޔާއިން، ސަރުކާރުގެ އެކިއެކި ދާއިރާތަކުގައި ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމައާއި އަދި ރައްޔިތުންގެ ކަންބޮޑުވުން ހުރި ދާއިރާތަކާއި މައްސަލަތަކުގައި އެކަންކަން ޙައްލުކުރުމަށް ގެންގުޅޭ ވިސްނުމާ ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ. އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތާއެކު، ކޮންމެ ތާކުން ކޮންމެ ރަށަކުންވެސް، ފޯރަމްގައި ބައިވެރިވެވޭނެއެވެ. އަދި އެ ވަޒީރެއްގެ ދާއިރާއިން ހުށައަޅަން ބޭނުން ކޮންމެ ސުވާލެއް ހުށައެޅޭނެއެވެ.

.png?w=3840&q=75)






