

.jpg?w=3840&q=75)






މޯލްޑިވްސް އިމިގްރޭޝަން ހިންގުމަށް 13,600 އާއި 14,000 އަކަފޫޓާ ދެމެދުގެ އޮފީސް ޖާގައެއް 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން 24 ސެޕްޓެމްބަރު ގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ، މޯލްޑިވްސް އިމިގްރޭޝަންގެ އެދިލެއްވުމުގެ މަތިން، މޯލްޑިވްސް އިމިގްރޭޝަން ހިންގުމަށް 13,600 އާއި 14,000 އަކަފޫޓާ ދެމެދުގެ އޮފީސް ޖާގައެއް 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކުރާ ކަމަށެވެ.
މިނިސްޓްރީގެ އިއުލާންގައި ބުނެފައި ވަނީ ޕްރޮޖެކްޓުތަކުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/205،500ރ (ދެ ލައްކަ ފަސް ހާސް ފަސްސަތޭކަ ރުފިޔާ) ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށެވެ.
މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް އިން 27 ސެޕްޓެންބަރު 2026 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އިއުލާނުގައިވެއެވެ.
މިޕްރޮޖެކްޓުގެ ބިޑު ހުށަހެޅުމުގެ ފަހު ތާރީޚަކީ 8 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00:00 ގެ ކުރިން ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.


.jpg?w=3840&q=75)





