.jpg?w=3840&q=75)
.jpeg?w=3840&q=75)




.jpg?w=3840&q=75)
.jpg?w=3840&q=75)
ދިވެހި ފުލުހުންގެ ހިދުމަތް
ރާއްޖޭގެ ރިސޯޓެއްގައި ދެ ފިރިހެނެއްގެ "ކައިވެނިކޮށްދިން" މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
އެއް ޖިންސުގެ ކައިވެނީގެ ރަސްމިއްޔާތެއްގެ ގޮތަށް އިންތިޒާމުކޮށް ރިސޯޓެއްގެ ބީޗުގައި ބޭއްވި ހަފްލާގެ މަންޒަރުތައް ސޯޝަލް މީީޑިއާގައި އާންމުވެ ވެފައިވެއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއީ ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލެއް ކަމަށާއި އެހެންވެ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ވެފައި، ދީނީ އަދި ޝަރުއީ އުސޫލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި، އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު މިފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށާއި، ރިސޯޓްތަކާއި ގެސްޓްހައުސް އަދި އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުން ވެސް މިދިޔަ އަމަލެއް ހިންގިޔަނުދިނުމަށް އެންމެހާ ފަރާތްތަކަށް އެ ޚިދުމަތުން އިލްތިމާސްކުރިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
.jpg?w=3840&q=75)
.jpeg?w=3840&q=75)

