







މޯލްޑިވިއަންގެ ކެބިން ކުރޫ ޓްރެއިނީސްއަށާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފި އެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިނެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި މިއަދު ކުރިއަށްގެންދިޔަ މި ސެޝަނުގައި މޯލްޑިވިއަންގެ 18 މުވައްޒަފުން ބައިވެރިވިއެވެ. މި ސެޝަން، ފްލައިޓް ފަޔަރ ސޭފްޓީއަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ އިރު، އޭގެތެރޭގައި ތިއަރީ ބައިތަކާއި ޕްރެކްޓިކަލް ބައިތައް ވެސް ހިމެނެއެވެ.



.jpg?w=3840&q=75)




