
1509259644
ހުޅުމާލެއިން މަސްވެރިންނަށް އަގު ހެޔޮކޮށް ތެޔޮ ލިބޭނެ ކަމަށް ސަރުކާރުގެ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ބުނެފި އެވެ.
މިކަން ހާމަކުރެއްވީ މިއަދު ކުެއްވި ޓުވީޓެއްގައި އެފްއެސްއެމްގެ އެމްޑީ މުހައްމަދު ގަސަމް އެވެ. ގަސަމް ވިދާޅުވި މާދަމާ އިން ފެށިގެން ހުޅުމާލޭ މަސްވެރިންގެ ޖެޓީ އިން މަސްވެރިންނަށް ޙާއްސަ ރޭއްޓެއްގައި ތެޔޮ ލިބޭނެ ކަމަށެވެ.
މިކަމުގެ ސަބަބުން މާލޭ ސަރަޙައްދުން މަސްވެރިންގަންނަ ތެލުގެ އަގުހެޔޮވެގެންދާނެކަންވެސް ގަސަމް ފާހަގަކުރެއްވި އެވެ.
މި ނިންމުން އެފްއެސްއެމުން ނިންމާފައިވަނީ މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގަށް ވުރެ ބޮޑު އަގެއްގައި ހުޅުމާލެއިން ތެޔޮ ވިއްކަމުންދާތީ އެވެ. އެފްއެސްއެމުން މާދަމާއިން ފެށިގެން ތެޔޮ ވިއްކަން ފަށަން ނިންމާފައިވަނީ މިފްކޯގެ ރޭޓްގައި އެވެ.
މިފްކޯއިން މަސްދޯނި ފަހަރަށް ޑީސަލް ލީޓަރެއް ވިއްކަނީ 12.08ރ. އަށެވެ. އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކަނީ 14.26ރ. އަށެވެ.












