

.png?w=3840&q=75)
.jpg?w=3840&q=75)
-1791455226200.jpeg?w=3840&q=75)



TOFT2022 fsm mifc (1)
ގދ ތިނަދޫގެ އޮފީސްތަކަށް ހުޅުވާލައިގެން ތިނަދޫ ކައުންސިލުން ހުވަދު ރެކްރިއޭޝަނާއި ގުޅިގެން ބާއްވާ ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތް 2022 ގެ ކޯ ސްޕޮންސަރުންނަށް މިފްކޯއާއި ފިއުލް ސަޕްލައި މޯލްޑިވްސް ހަމަޖައްސައިފި އެވެ.
މި މުބާރާތުގެ ކޯ ސްޕޮންސަރަކަށް މިފްކޯ އާއި އެފްއެސްއެމް ހަމަޖެއްސީ މިހަފްތާގެ ތެރޭގައި އެވެ. މި ދެ ކުންފުނީގެ އިތުރުން އެސްޓީއޯ އާއި އެމްޓީސީސީވެސް ވެސް ވަނީ މިމުބާރާތުގެ ކޯ ސްޕޮންސާރުންގެ ގޮތުގައި ޕާޓްނަރ ވެފައެވެ.
މި މުބާރާތުގައި ގދ ތިނަދޫގެ ސަރުކާރުގެ މުވައްސަސާތަކާއި ކުންުފުނިތަކުން ޖުމުލަ 11 ޓީމުން ވަނީ ބައިވެރިވެފައެވެ.
މި މުބާރާތް ފަށާނީ މިރޭ އެވެ.
މިއަހަރުގެ މުބާރާތް އިންތިޒާމްކުރުމަށް ތިނަދޫ ކައުންސިލުން ހަމަޖައްސާފައިވަނީ ހުވަދޫ ރެކްރިއޭޝަން އެވެ.
މިދިޔަ އަހަރުވެސް ތިނަދޫ ކައުންސިލުން ވަނީ އިންޓަ އޮފީސް ފުޓްސަލް މުބާރާތެއް ބާއްވާފައެވެ. ހަވަރު ސްޕޯޓްސްއާއި ގުޅިގެން ކުރިޔަށް ގެންދިޔަ އެމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ތިނަދޫ ޕަބްލިކް ވޯކްސްގެ ޓީމެވެ.
މިއަހަރުގެ މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިނެވެ. ބެވަރޭޖަސް ޕާޓްނަރަކީ ގޯސިޔާއެވެ.


.png?w=3840&q=75)
.jpg?w=3840&q=75)