.jpg?w=3840&q=75)
.jpeg?w=3840&q=75)




.jpg?w=3840&q=75)
.jpeg?w=3840&q=75)
މޫސުން
ކުރިއަށްއޮތް 5 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
އެ އިދާރާއިން ބުނީ، މޫސުން ގޯސްވާނީ މާދަމާއިން ފެށިގެން ބުދަ ދުވަހާ ހަމައަށް ކަމަށެވެ.މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، ކުރިއަށްއޮތް 5 ދުވަހުވެސް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އެ ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކަަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ލަފާކުރައްވައެވެ.މޫސުން ގޯސްވިނަމަވެސް، މި ދުވަސްތަކުގައި އާންމު ވައި ގަދަވާނެ ކަމަށް ލަފާނުކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.. އެގޮތުން އާންމު ވައި ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި އުޅުނުނަމަވެސް، މިލާގަނޑުގައި ގަޑިއަކު 40 މޭލަަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
.jpg?w=3840&q=75)
.jpeg?w=3840&q=75)


.jpeg?w=3840&q=75)
.jpg?w=3840&q=75)

.jpeg?w=3840&q=75)