

.jpg?w=3840&q=75)




.jpg?w=3840&q=75)
އަދުގެ ސަރުކާރުން އިސްލާމީ ޔުނިވަރސިޓީއަށް ގިނަ އެހީތަކެއް ދަނީ ވަމުން ކަމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އިސްލާމީ ޔުނިވަރސިޓީގެ 2026 ވަނަ އހަަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވައިސް ޗާންސެލަރ ވިދާޅުވީ މިއިން ޒަމާނަކު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކުރެވިފައި ނުވާ ކަންތައްތައް މިހާރު ވަމުންދާކަމަށެވެ.
އެގޮތުން މިހާތަނަށް އަތޮޅުތެރޭގައި އެ ޔުނިވަރސިޓީގެ ކެމްޕަސްތައް ފެތުރިފައިވާކަމަށާއި މިއީ ޔުނިވަރސިޓީގެ ހަޔާތުގައިވެސް މިހާތަނަށް ވެފައިވާ ކަމެއް ނޫންކަން ފާހަގަކުރެއްވިއެވެ. އަދި ޔުނިވަރސިޓީން ހޯދާފައިވާ ބައެއް ވަޞީލަތްތަކަކީ ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ލިބިފައިވާ ކަންކަންކަމަށް ވިދާޅުވިއެވެ.
ޑރ. ޢަލީ ޒާހިރު ވިދާޅުވީ ވޭތުވެދިޔަ 3 އަހަރެއްގެ ތެރޭގައި ދަރިވަރުންގެ އާބާދީއަށް އައިސްފައިވާ ބަދަލަކީ ޔުނިވަރސިޓީގެ މެދުގައި ރައްޔިތުންގެ އިތުބާރު އުފެދިފައިވާކަމުގެ ހަގީގީ މިސާލެއް ކަމަށެވެ. އަދި އެ ޔުނިވަރސިޓީން ދަސްވެނިވި ދަރިވަރުން އެކި ދާއިރާތަކުގައި ޚިދުމަތް ކުރަމުންދާކަމަށާއި ދަސްވެނިންގެ ކިބައިން ޤައުމަށް ވަނީ ކޮން ފައިދާއެއްކަން ބަލާ ދިރާސާކުރަންޖެހެކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން އިސްލާމީ ޔުނިވަރސިޓީން ދަސްވެނިވެގެންދާ ކޮންމެ މީހަކީވެސް ޔުނިވަސިޓީގެ ވިޝަންއާއި މިޝަންއާއެއްގޮތަށް މާތްވެގެންވާ އިސްލާމް ދީންނަށް ހުރުމަތްތެރިކޮށް ހިތާ، ރާއްޖެ ދެކެ ލޯބިވާ، ރާއްޖޭގައި ހިފެހެއްޓިފައި ހުރި މިންގަނޑުތައް ދަންނަ ކުދިންނަށް ވާންޖެހޭނެކަމަށް ވެސް ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ.


.jpg?w=3840&q=75)

.jpg?w=3840&q=75)
.jpg?w=3840&q=75)

