


.jpg?w=3840&q=75)
.jpeg?w=3840&q=75)


.jpg?w=3840&q=75)
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސީޓީން މިއަހަރު ދަސްވެނިވާ ދަރިވަރުންގެ ތެރެއިން ފުރަތަމަ ދަންފަޅި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ދަންފަޅީގައި 98 ދަރިވަރުން ދަސްވެނިވެފައިވާއިރު، މި ރަސްމިއްޔާތުގައި މަތީވަނަތަައް ހާސިލްކުރި 9 ދަރިވަރަކަށް އެވޯޑްތައް ދެއްވީ ރައީސްލުޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.
މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ދެ ދަންފަޅިއަށް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދެ ދަންފަޅީގައި އެކި ކޯސްތަކުން 542 ދަރިވަރަކު ދަސްވެނިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ސެޓްފިކެޓް ލެވެލްތަކުގެ ކޯސްތަކުން ދަސްވެނިވާ 322 ދރިވަރުންނާއި ޑިޕްލޮމާ ލެވެލްގެ ކޯސްތަކުން ދަސްވެނިވާ 14 ދަރިވަރުންގެ އިތުރުން ބެޗްލާސް ޑިގްރީ ކޯސްތަކުން 69 ދަރިވަރުންނެވެ. އަދި ޕޯސްޓް ގްރެޖުއޭޓްގެ 5 ދަރިވަރުންނާއި މާސްޓާސް ހެދި 132 ދަރިވަރުންވެސް ދަސްވެނިވާނެއެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދިވެހި ދަރިވަރުންގެ އިތުރުން އެ ޔުނިވަރސިޓީގައި ކިޔެވި ބައެއް ބޭރުގެ ދަރިވަރުންވެސް ދަސްވެނިވެފައެވެ. އޭގެ ތެރޭގައި މިޞްރާއި ފަލަސްޠީންގެ ދަރިވަރުންވެސް ހިމެނެއެވެ.



.jpg?w=3840&q=75)
.jpeg?w=3840&q=75)
.jpg?w=3840&q=75)
.jpg?w=3840&q=75)

