

.jpg?w=3840&q=75)





ހިޔާވަހި ފައިނޭންސްގެ ދަށުން ދޫކޮށްފައިވާ ލޯނުތައް އުސޫލުގެ ތެރެއިން އިތުރަށް ލޯނު ޓޮޕްއަޕްކުރެވޭނެ ގޮތްތައް ބައްލަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ 12 ވަނަ އެޕިސޯޑުގައި މީހަކު ފާޅުކުރި ކަންބޮޑުވުމަކަށް ދެއްވި ޖަވާބުގަ އެވެ.
އޭނާ ގެ ކަންބޮޑުވުމަކީ ހިޔާވަހި ފައިނޭންސްގެ ދަށުން ލޯނު ހަމަޖެހިފައިވީނަމަވެސް އެކަށީގެންވާ އަދަދަކަށް ލޯނު ލިބިފައިނުވާތީ ގެދޮރު އިމާރާތްކުރުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ.މި ސްކީމްގެ ދަށުން ރާއްޖެތެރެއަށް 1 މިލިޔަން ރުފިޔާއާއި ހަމައަށް ލޯނު ދޫކުރަން ހަމަޖެހިފައިވީނަމަވެސް އެޕްލައިކޮށްގެން ލިބިފައިވަނީ 650،000 ރުފިޔާކަމަށް އޭނާ ފާހަގަކޮށް ބުނީ، އެހެންކަމުން ގެދޮރު އިމާރާތްކޮށް ނިންމާލުމަށް ގޮންޖެހުންތަކާއި ކުރިމަތިވެފައިވާކަމަށެވެ.
މިކަމާއި ގުޅިގެން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަމާލުކަަމަށް މިކަން އައިސްފައިނުވާކަމާއި،މިކަން ހިނގާފައިި މިވަނީ އެމަނިކުފާނު ކަނޑައެޅި ނުވަތަ ވިސްނާފައި އޮތް ގޮތައް ނޫންކަމަށެވެ. އަދި ރައީސް ވަނީ މިކަން ވަރަށް ގާތުން ބައްލަވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ."1 މިލިޔަން ރުފިޔާ ރަށްރަށުގައި އަޅާ ގެތަކަށް މިއޮތީ. 6 ލައްކަ ރުފިޔާއިން ނުނިންމޭނެކަން އަޅުގަނޑަށްވެސް ހަމަ އިނގޭ. އިންކަމްއަށް ބަލާފައި ކުޑަކުރީތޯ ސްޕެސިފިކް ކޭސް ބަލާލާނަން މިނިސްޓްރީ ތުރޫކޮށް. އޮންނަ އުސޫލުގެ ތެރެއިން އިތުރަށް ލޯނު ޓޮޕްއަޕްކޮށްލަން ލިބޭނެތޯ. އެކަން ކުރެވެން އޮތިއްޔާ އޮންނަ އުސޫލުގެ ތެރެއިން އެއްބާރުލުންދޭން ދަންނަވާނަން." ރައީސް ވިދާޅުވި އެވެ.
ހިޔާވަހި ފައިނޭންސިންގް ޕްރޮގްރާމުގައި 3 ސްކީމް ހިމެނޭއިރު، އެއީ ރަށްވެހި ފައިނޭންސިންގ ސްކީމް، ސަހަރު ފައިނޭންސިންގ ސްކީމް އަދި ފަހިމާލެ ފައިނޭންސިން ސްކީމް އެވެ.






.jpg?w=3840&q=75)
