.png?w=3840&q=75)


.jpg?w=3840&q=75)




އަންނަ އަަހަރުގެ ދައުލަތުގެ ބަޖެޓުގެ މަސައްކަތްތައް މި މަހުގެ 19 އަށް ނިންމުމަށް ކަނޑައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ވަނީ ބަޖެޓާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ ހާޒިރުކުރާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 231 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އެމްއެމްއޭ އާއި އޮޑިޓަރ ޖެނެރަލްގެ އޮޕީނިއަން ބަޖެޓާ މެދު ހޯދާ މަޖިލީހަށް ހާޒިރު ކުރާނެ ދުވަހަކާ ގުޅޭ ގޮތުން ކޮމިޓީގައި މަޝްވަރާކޮށްފައިވީ ނަމަވެސް، ވަކި ދުވަހެއް ކަނޑައަޅާފައެއް ނުވެއެވެ.
މިނިވަން މުއައްސަސާތަކުގެ ތެރެއިން ކޮމިޓީއަށް ހާޒިރުކުރާނެ މުއައްސަސާތައް ކަނޑައެޅުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާއިރު، އެކަމުގައި މިނިވަން މުއައްސަސާތަކުގެ ފަރާތުން ލިޔުމުން ހުށަހަޅާ، ބަޖެޓާ ގުޅޭ ގޮތުން ހިޔާލު ހޯދާނެ މިނިވަން މުއައްސަސާތައް ކަނޑައެޅުމުގެ ބާރު އިދާރީ މޭޒަށް ދޭން، ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ ހުށަހަޅުއްވާފައެވެ. އަދި އެހުށަހެޅި ނިންމުން ވެސް ވަނީ ކޮމިޓީން ފާސްކޮށްފައެވެ.
އެކަން އެގޮތަށް ފާސްކުރުމުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ މިނިވަން މުއައްސަސާތަކަށް ކޮމިޓީއަށް އަައިސް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ބަންދު ނުކުރުމަށް ހުށަހަޅުއްވާފައެވެ. އަދި އެކަން އެގޮތަށް ކުރިއަށް ގެންދަން ކޮމިޓީ މެންބަރުން ވެސް ވަނީ ތާއީދުކޮށްފައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެ ބަޖެޓްގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރަނީ 9.4 ބިލިއަން ރުފިޔާގައެވެ.
.png?w=3840&q=75)


.jpg?w=3840&q=75)