


.png?w=3840&q=75)


.jpg?w=3840&q=75)
.png?w=3840&q=75)
ދިރާގުޕޭ މެދުވެރިކޮށް ދިރާގު ބިލްތަކަށް ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް، ކުއަލަލަމްޕޫރް، މެލޭޝިއާގައި ދެ މީހަކަށް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ދިރާގު ފިންޓެކުން ތައާރަފުކޮށްފިއެވެ.
މި ޕްރޮމޯޝަނަކީ ކަސްޓަމަރުންގެ މެދުގައި ފަސޭހަކަމާއެކު ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ އާދަ އަށަގެންނެވުމާއި، ދިރާގުޕޭގެ ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންގެ އަގުވަޒަންކޮށް އަގުހުރި އިނާމެއް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި އަގުހުރި ފުރުސަތު 10 ޖަނަވަރީ 2027ގެ ނިޔަލަށް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މީގެއިތުރުން، ދިރާގުޕޭ މެދުވެރިކޮށް ދައްކާ ކޮންމެ ބިލަކާއެކު މި ގުރުއަތުގައި ބައިވެރިވުމުގެ އިތުރު ފުރުސަތެއް ލިބިގެންދާނެއެވެ. އަދި، ގިނަ ބިލްތައް ދައްކާ ކަސްޓަމަރުންނަށް މެލޭޝިއާ ދަތުރު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
މި ޕްރޮމޯޝަންގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ލިބޭ މި ދަތުރުގެ ތެރޭގައި ދެ މީހަކަށް މެލޭޝިއާއަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، ހުރުމުގެ އިންތިޒާމުގެ އިތުރުން ފަތުރުވެރިން ޓްރެވަލް އެޖެންސީން ފަރުމާކޮށްފައިވާ ހާއްސަ ޓުއަރއެއްވެސް ހިމެނެއެވެ.
މި ހާއްސަ ޕްރޮމޯޝަނަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.



.png?w=3840&q=75)
.png?w=3840&q=75)
.jpg?w=3840&q=75)

