

.png?w=3840&q=75)


.jpg?w=3840&q=75)

-
ދ. ކުޑަހުވަދޫގެ މުހިންމު މަޢުލޫމާތުތަކާއި، ފާހަގަކޮށްލެވޭ ތަންތަނުގެ ތަފްޞީލާއި، މޫސުމާއި ދިޔަވަރުގެ އަޕްޑޭޓްތަކުގެ އިތުރުން ރަށުގެ އިންޓަރެކްޓިވް 3ޑީ (3D) ޗާޓެއް އެއް ފުރާޅެއްގެ ދަށުން ބަލައިލެވޭ ގޮތަށް "ކުޑަހުވަދޫ ވައިބްސް" ގެ ނަމުގައި ޚާއްޞަ ވެބްސައިޓެއް ތަޢާރަފުކޮށްފިއެވެ.
އެރަށުގެ ޒުވާނެއް ކަމަށްވާ މުޙައްމަދު އާލިފް ތައްޔާރުކުރި މި ވެބްސައިޓަކީ އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޭނުންވާ ގިނަ މަޢުލޫމާތުތަކެއް ވަގުތުން ފަސޭހަކަމާއެކު ހޯދޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.
މި ވެބްސައިޓް އުފެއްދުމުގެ މައިގަނޑު އަސްލަކަށްވީ، ކުޑަހުވަދޫގެ ވިޔަފާރިތަކަށާއި ކެފޭ/ރެސްޓޯރެންޓްތަކުން ކަސްޓަމަރުންގެ ގެތަކަށް ޑެލިވަރީ ކުރުމުގައި ދިމާވަމުންދިޔަ ދަތިތަކަށް ޙައްލެއް ހޯދައިދިނުމެވެ.
އެގޮތުން މުޅި މުޖުތަމަޢަށްވެސް އޭގެ ފައިދާ ކުރާނެ ފަދަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އަލިފް ވަނީ މި މަސައްކަތް ފުޅާކޮށްފައެވެ.
މި ވެބްސައިޓްގެ އެންމެ ޚާއްޞަ އެއް ފީޗަރއަކީ ގެތަކުގެ ނަންތައް އެނގޭ ގޮތަށް ހިމަނާފައިވާ އިންޓަރެކްޓިވް 3ޑީ ޗާޓެވެ.
މީގެ އެހީގައި ގެތަކާއި އެކި ތަންތަން ހޯދުމުގެ އިތުރުން ރަށުގެ ޖޯގްރަފީއަށް އަހުލުވެރިވުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.
މީގެއިތުރުން، ރަށުގެ ތާރީޚީ އަދި ޚާއްޞަ ބިނާތަކުގެ މަޢުލޫމާތާއި، އެ ދުވަހެއްގެ މޫސުމީ ޙާލަތާއި ރާޅުގެ އަޕްޑޭޓްތައްވެސް މި ވެބްސައިޓް މެދުވެރިކޮށް ފަސޭހައިން ބަލައިލެވޭނެއެވެ.


.png?w=3840&q=75)
