
ޝިޒްނާ ރަޝީދު އަދި ރަފާހާ އިބްރާހިމް...
ޕާކިސްތާނުގައި މިހާރު ކުރިއަށްދާ އައިއެޗްއެފް އޭޝިއާ ޒޯން ތިނެއްގެ މެންސް ޔޫތު އެންޑް ޖޫނިއާ ޓްރޮފީ، މުބާރާތުގެ ރެފްރީންގެ ތެރޭގައި ރާއްޖޭގެ ދެ ރެފްރީއަކު ހިމެނިއްޖެއެވެ.
04 ނޮވެމްބަރު 2026 އިން 09 ނޮވެމްބަރު 2026 ގެ ނިޔަލަށް ޕާކިސްތާނުގެ ފައިސަލްއާބާދުގެ ޖީސީ ޔުނިވާސިޓީ ނިއު ކެމްޕަސް އިންޑޯ ހޯލުގައި ކުރިއަށްދާ މިމުބާރާތުގައި ރެފްރީކަން ކުރަން ފުރުސަތު ލިބުނު ދިވެހި ދެ ރެފްރީންނަކީ ޝިޒްނާ ރަޝީދު އަދި ރަފާހާ އިބްރާހިމް އެވެ.
އިއްޔެ މުބާރާތް ހުޅުވުމުގެ ގޮތުންކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާނާއި އުޒުބަކިސްތާން ވާދަކޮށްފައިވާއިރު، އެމެޗުގައި ރާއްޖޭގެ ޝިޒްނާ އަދި ރަފާހާ ވަނީ ރެފްރީކަން ކޮއްފައެެވެ.
ޝިޒްނާ އަދި ރަފާހާ، އޭއެޗްއެފް ރެފްރީސް ބެޖް 2023 ވަނަ އަހަރު ހާސިލްކުރިއިރު، މިއީ މިދެ ރެފްރީން އިންސާފުކުރާ ބައިނަލްއަގުވާމީ ތިންވަނަ މުބާރާތެވެ.
މިމުބާރާތުގައި ރެފްރީންގެ ގޮތުގައި ރާއްޖޭގެ އިތުރުން އުޒުބަކިސްތާން، ޖޯޑަން، އަދި އޮމާންގެ ރެފްރީން ހިމެނޭއިރު، މުބާރާތުގެ ޓެކްނިކަލް ޑެލިގޭޓުގައި ހިމެނެނީ ބަހުރެއިން އަދި ޔޫއޭއީގެ އޮފިޝަލުންނެވެ.
މީގެ އިތުރުން މިމުބާރާތުގައި ޖުމްލަ ފަސް ގައުމަކުން ވާދަކުރަމުންދާއިރު، އޭގެ ތެރޭގައި ހިމެނީ އުޒްބަކިސްތާން، ތަޖިކިސްތާން، ކިރިގިސްތާން، ކަޒަކިސްތާންގެ އިތުރުން މުބާރާތް ބާއްވާ ގައުމު ޕާކިސްތާނެވެ.




.jpg?w=3840&q=75)



.jpg?w=3840&q=75)
.jpg?w=3840&q=75)



.jpg?w=3840&q=75)

.jpg?w=3840&q=75)
