








މާލެ ސިޓީގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއީލް (އާނު) ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނު އިންސްޕެކްޓްރަ އޮފް ޕޮލިސް އަޙުމަދު ޝިޔާމް ވަނީ، އައިމަން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
އެ މައްސަލަ ދިވެހި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އައިމަން މާލެ ސިޓީ ކައުންސިލަށް އިންތިޚާބުވީ 2014 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައެވެ.








