ޕީއެންސީ އަށް 10 ނޫނީ 15 އަހަރު ވެރިކަން ކުރަން ލިބިއްޖިއްޔާ ޑޮލަރުގެ އަގު 10 ރުފިޔާ އަށް ތިކޮށްދޭނެ ކަމުގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް ބުނެ އޭނާ މަގާމުން ވަކިކުރަން އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހުށަހެޅި މައްސަލައާ ބެހޭގޮތުން މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ފަލާހު ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ގޮސް ކަޅު ބާޒާރެއް އުފެދުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ، އެމްޑީޕީ ވެރިކަމުގައި ފައިސާ ޗާޕްކޮށްގެން ސަރުކާރުގައި ތަންފީޒު ކުރި އިގުތިސޯދީ ސިޔާސަތުގެ ނަތީޖާގެ ސަބަބުން ކަމަށެވެ. އަދި އޭރު ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑުބައެއް ކޮރަޕްޝަނުގެ ތެރެއިން ގެއްލިފައިވާ ކަމަށާއި ލޯނުތައް ނަގައިގެން ފައިދާ ހުރި ކަމެއް ކޮށްފައިނުވާ ކަަމަށް ތުހުމަތު ކުރެެއްވިއެވެ.
ޑޮލަރު ލިބުން ދަތިވެ ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލައިގައި ކުރި ތުހުމަތަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރަސްމީ ރޭޓްގައި ދޫކުރި ޑޮލަރަށް ވުރެ 80 ޕަސެންޓް އިތުރަށް 1.9 ބިލިއަން ޑޮލަރު މި ސަރުކާރުން ދޫކޮށްފައިވާ ކަމަށެވެ.



.jpg?w=3840&q=75)



.jpg?w=3840&q=75)





