.jpg?w=3840&q=75)







އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު މަޤާމުން ވަކިކުރުމަށް އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވިއެވެ.
މިއަދުެގ ޖަލްސާ އަށް ކެންދޫ ދާއިރާގެ މެމްބަރ މައުރޫފް ޒާކިރު ހުށަހެޅުއްވި މައްސަލަ އާ އެއްކޮޅަށް ވޯޓު ދެއްވީ އެންމެ 10 މެމްބަރުންނެވެ. މަގާމުން ވަކިކުރުމާ ދެކޮޅަށް 54 މެމްބަރުން ވޯޓު ދެއްވިއެވެ.
އެމްޑީޕީގެ 13 މެމްބަރުންގެ ސޮޔާއެކު މިނިސްޓަރ ސައީދު މަގާމުން ވަކިކުރުމަށް ހުށަހެޅީ ހަ ތުހުމަތެއް ކޮށްފައެވެ. އެންމެ ބޮޑަށް ތުހުމަތުކޮށްފައިވަނީ ޑޮލަރުގެ ކަޅު ބާޒާރުގެ ރޭޓު މައްޗަށް ދިޔުމާއި، ސަރުކާރުން އިޢުލާންކުރި ބޮޑެތި ޕްރޮޖެކްޓްތައް ހުއްޓިފައި އޮތުމެވެ. އަދި ސްޕެޝަލް އިކޮނޮމިކް ޒޯން ޤާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ޤައުމުގެ ސިޔާދަތަށް ނުރައްކާވާ ކަމަށް ވެސް ތުހުމަތުކޮށްފައި ވެއެވެ.
މީގެއިތުރުން މަޖިލީހަށް ޖަވާބުދާރީވެވެވަޑައިނުގަތުމާއި، ވިޔަފާރިތައް ރައްކާތެރި ނުކުރެއްވުމާއި، ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގައި ފަރުވާކުޑަކުރެއްވުން ވެސް ތުހުމަތުކޮށްފައި ވެއެވެ.
.jpg?w=3840&q=75)






