







ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ފަލާހް- ފޮޓޯ: މަޖިލިސް
ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުން އެއްވެސް އިންވެސްޓަރަކާއި ބައްދަލުކޮށް ކައިބޮއެ މަޝްވަރާކޮށްފައިނުވާ ކަމަށް ޕީއެންސީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ދޮގުކުރައްވައިފި އެވެ.
ފަލާހް މިހެން ވިދާޅުވީ އަދަދު ނޫހުން ނެރިފައިވާ "އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުވެ ޖަވާބުދާރީވުން" ހަބަރާއި ގުޅިގެންނެވެ.
ފަލާހް ވިދާޅުވީ އަދަދު ނޫހަކީ މިޤައުމު ފަސާދަކުރުމުގައި ނަމޫނާ ދައްކާ ނޫހެއް ނޫންކަމަށެވެ. އަދި ތަނެއް ދޮރެއް ބެލުމެއްނެތި މި ނޫނަސް ދުނިޔެއެއް އޮތްކަންވެސް ބަލާލުމެއްނެތި ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށްވެސް ފަލާހް ވިދާޅުވި އެވެ.
ޕީއެންސީ ޕާލިމެންޓްރީ ގްރޫޕް އެއްވެސް އިންވެސްޓަކާއި ބައްދަލުކޮށް ކައިބޮއެ މަޝްވަރާކޮށް ނުހަދާކަން ފާހަގަކޮށް ފަލާހް ވިދާޅުވީ އަދަދު ނޫހުުން ނެރިފައިވާ ހަބަރުގައިވަނީ ރޯ ބުހުތާން ބޮޑު ދޮގެއް ކަމަށެވެ. އަދި މިކަމުން އަންގައިދެނީ މި ނޫޙުގެ އެއްވެސް ހަބަރަކީ ތެދު ހަބަރު ނޫންކަމަށް ފަލާހް ތަކުރާކުކޮށް ފާހަގަކުރި އެވެ.
"އަދަދު ނޫހުގެ ވެރިންނާއިލިޔުންތެރިންނަކީ ދޮގު ޚަބަރާއި ދޮގު މަޢުލޫމާތު ފަތުރައިގެން ހޯދާ ހައްގުނޫން ފައިސާއިން ކައިބޮއެ އުޅޭބައެއް" ފަލާހް ވިދާޅުވި އެވެ.
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢެއް ތަރައްޤީކުރުމަށް ޔޫއޭއީގެ އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ކޮމާޝަލް ޓާމްސް އެގްރީމެންޓެއްގައި ސޮއިކޮށްފައިވާއިރު،މިހާރު ދަނީ މަޝްރޫޢުގެ މައި އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.






