
.jpeg?w=3840&q=75)





.jpg?w=3840&q=75)

ދިއްދޫ ރޯހައުސްތައް
ހއ.ދިއްދޫ ރޯހައުސްތަކަށް އެދި 1100 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފި އެވެ.
ދިއްދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މީގެކުރިންވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
2022 ވަނަ އަހަރު ދިއްދޫގައި އިމާރަތްކުރަން ފެށި 75 ރޯހައުސްގެ މަސައްކަތް މިހާރު ނިންމާލައިފި އެވެ.
މި މަޝްރޫއުއާއި ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދިއްދޫ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ރޯހައުސްތަކުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ހައުސިންގް މިނިސްޓްރީން އެތަންތަން އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ދިއްދޫ އަކީ ގެދޮރުވެރިކަމަށް ވަރަށް ބޯޑަށް ބޭނުން ޖެހިފައިވާ ރަށެއްކަން ފާހަގަކުރައްވާ އުސްމާން ވިދާޅުވީ 1100އަށް ވުރެ ގިނަ މީހުން 75 ރޯހައުސްއަށްވެސް ކުރިމަތިލާފައިވާކަމަށެވެ.
"މިހާރު ކުރިއަށްދަނީ މި ރޯހައުސްތަކަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުން ކަނޑައަޅެމުގެ މަސައްކަތް. މި ރަށަކީ ބޯހިޔާވަހިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ރަށެއް." ދިއްދޫ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވިއެވެ. ދިއްދޫގައި ކުރިއަށްގެންގޮސްފައިވާ ހައުސިން މަޝްރޫޢޫގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 75 ރޯހައުސްއެވެ. އޭގެތެރެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓިންގ ރޫމާއި، ބަދިގޭގެ އިތުރުން ކާގެއާއި، ލޯންޑްރީ އަދި ސްޓޯރ ރޫމު ހިމެނެއެވެ. މި މަސައްކަތް ކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަންއިންނެވެ.

.jpeg?w=3840&q=75)


