



.jpg?w=3840&q=75)




ޤާނޫނީ ވަކީލުކަމުގެ ހުވައި 9 ބޭފުޅަކު ކުރައްވައި ވަކީލުކަމުގެ ހުއްދަ ޙާޞިލުކުރައްވައިފިއެވެ.
އެ 9 ބޭފުޅުން މިކަމުެ ހުވައި ކުރެއްވީ ވިލާ ކޮލެޖް ކެމްޕަސް ހޯލްގައި މިކަމަށްޓަައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި އެ ބޭފުޅުންނަށް ވަކީލު ކަމުގެ ހުއްދަ ހަވާލުކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މުހައްމަދު ސަލީމެވެ.
ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމަށްޓަކައި ބާ ކައުންސިލުން މިއަހަރު ބޭއްވި ހަތަރުވަނަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމެވެ.
މިރަސްމިއްޔާތުގައި އަލަށް ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވި 9 ބޭފުޅުންނަށް ހުވައިލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިންއެވެ. ވަކީލު ކަމުގެ ހުއްދަ ހަވާލުކޮށްދެއްވީ ޝަރަފްވެރިމެހްމާން އަލްއުސްތާޛް މުހައްމަދު ސަލީމެވެ.
ޤާނޫނީ ވަކީލުކަމުގެ ހުވައިކުރެއްވި 9 ބޭފުޅުން އެ ފަންނާ ގުޅިވަޑައިގެންނެވީ، ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ (ކޮލިފައިންގ ލޯ ޑިގްރީ) ޙާޞިލުކުރެއްވުމަށްފަހު، މަސައްކަތުގެ ޢަމަލީ ތަޖުރިބާ ފުރިހަމަކުރައްވައި، އަދި ބާ އިމްތިޙާނު ކާމިޔާބުކުރައްވައިގެންނެވެ.




.jpg?w=3840&q=75)