



.jpg?w=3840&q=75)




ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ޚާއްޞަ ހިތްވަރުގަދަ ޢަމަލުގެ އަގުވަޒަންކޮށް އިޓަލީވިލާތުން ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ހަނދާނަށް އެރުވުމަށް އިޓަލީ ވިލާތުން ނިންމަވައި އެކަން އިޢުލާން ކުރައްވައިފި އެވެ.
މަހުދީ ނިޔާވެފައިވަނީ ވ. އަތޮޅަށް ފީނަން ގޮސް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށެވެ.
މިއީ ދިވެހި ސިފައިންގެ ބޭފުޅަކަށް މިފަދަ ޝަރަފެއް ލިބޭ ފުރަތަމަ ފަހަރު.
މީގެއިތުރުން ކޮލަމްބޯގައި ހުންނަ އިޓަލީގެ އެމްބަސީއާއި މާލޭގައި ހުންނަ އޮނަރަރީ ކޮންސިއުލަރ އެޖެންސީން ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ އާއިލާއަށް އެހީތެރިވުމުގެ ގޮތުން ފަންޑް ރެއިސިން އިނިޝިއޭޓިވްއެއް ފެސް ވަނީ ފައްޓަވާފަ އެވެ.




.jpg?w=3840&q=75)