






ޒިކުރާ އާއި ވިލާ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2026 ގެ އަންހެން ޑިވިޝަންގައި މިރޭ ކުޅުނު ތިންވަނަ މެޗުގައި ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން ޒިކުރާ ބަލިކޮށް ބާކީ އެއްމެޗު އޮއްވައި ވިލާ ކޮލެޖް ސްޓޫޑަންޓް އެސޯސިއޭޝަން (ވީސީއެސްއޭ) މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ޔަގީންކޮށްފިއެވެ.
މުބާރާތުގައި ވީސީއެސްއޭ ކުޅުނު ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން މިއާންޒް އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި އެމްއެންޔޫ އަތުން އެޓީމު މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި ޒިކުރާ އިން ކުޅުނު ފުރަތަމަ ދެ މެޗުގައި އެޓީމުން ވަނީ އައިޔޫއެމްއެސްޔޫ އަދި މިއާންޒް ވެސް 2-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓް ފަސޭހަކަމާއެކު 8-15 ގެ ނަތީޖާއަކުން ވީސީއެސްއޭ އިން ކަމިޔާބުކުރިއިރު، މެޗުގެ ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 5-11 ގެ ނަތީޖާއަކުންނެވެ.
އެގޮތުން މިމެޗުގައި ވީސީއެސްއޭގެ އުލްޔާ 13 ޕޮއިންޓް ހޯދިއިރު، އެޓީމުގެ ހުޝާމާ ހަ ޕޮއިންޓް، އަފްނާން ހަތަރު ޕޮއިންޓް، މާލް ދެ ޕޮއިންޓް އަދި ލައިބާ ވަނީ މިމެޗުގައި އެއްޕޮއިންޓް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ޒިކުރާގެ އަސްހާ ހަ ޕޮއިންޓް ހޯދިއިރު، އެޓީމުގެ އަލްވާ ފަސް ޕޮއިންޓް އަދި ޝަހާމާ ވަނީ މިމެޗުގައި ދެ ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވީސީއެސްއޭގެ އުލްޔާ އެވެ.
މިނަތީޖާއެކު މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުުވަ ޕޮއިންޓާއެކު ބާކީ އެއްމެޗު އޮއްވައި ވީސީއެސްއޭ އިން ފައިނަލްގެ ޖާގައެއް ކަށަވަރުކުރިއިރު، މިމެޗުން ބަލިވި ޒިކުރާ އިން ލީގުބުރުގައި ކުޅުނު ދެމެޗުން އެޓީމު ވަނީ ހަ ޕޮއިންޓް ހޯދާފައެވެ. އަދި މާދަމާ ރޭ އެމްއެންޔޫ އާއި ދެކޮޅަށް ކުޅޭ ލީގުބުރުގެ ފަހު މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނެްއެވެ.
24 އޮކްޓޯބަރު 2026 އިން 31 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި މިއަހަރު ޖުމްލަ ފަސް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.







