






އައިޔޫއެމްއެސްޔޫ އާއި މިއާންޒް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2026 ގެ އަންހެން ޑިވިޝަންގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން މިއާންޒް ބަލިކޮށް އައިޔޫއެމްއެސްޔޫ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
މުބާރާތުގައި އައިއެމްއޫއެސްޔޫ ކުޅުނު ފުރަތަމަ މެޗުގައި 2-0ގެ ނަތީޖާއަކުން ޒިކުރާ އަތުން ބަލިވިއިރު، ދެވަނަ މެޗުގަަައި އެމްއެންޔޫ އަތުން އެޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި މިއާންޒް އިން ލީގު ބުރުގައި ކުޅުނު ތިން މެޗުގަައި އެމްއެންޔޫ، ވީސީއެސްއޭ އަދި ޒިކުރާ އަތުން ވެސް އެޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓް ފަސޭހަކަމާއެކު 12-3 ގެ ނަތީޖާއަކުން އައިއެމްއޫއެސްޔޫ އިން ކާމިޔާބުކުރިއިރު، މެޗުގެ ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 13-9 ގެ ނަތީޖާއަކުންނެވެ.
އެގޮތުން މިމެޗުގައި އައިއެމްއޫއެސްޔޫގެ ލުމްއާ 12 ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ މާޝާ، ޒާރާ އަދި ރަމްޒިއްޔާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި ހަތަރު ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ ރާނިޔާ ވަނީ މިމެޗުގައި އެޓީމަށް އިތުރު އެއްޕޮއިންޓް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި މިއާންޒްގެ ޒުހާ ހަތަރު ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ މިލްހާ ތިން ޕޮއިންޓް، އައިޝަތު މުހައްމަދު ދީދީ އަދި ނުޒުހާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި ދެ ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރު މިމެޗުގައި މިއާންޒްގެ ޝިއުރާ އެއްޕޮއިންޓް ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އައިޝަތު ލުމްއާ ރަޝީދު އެވެ.
މިނަތީޖާއެކު މުބާރާތުގައި ކުޅުނު ތިން މެޗުން އައިއެމްއޫއެސްޔޫއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި މިއާންޒް އިން މުބާރާތް ނިންމާލީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ.
24 އޮކްޓޯބަރު 2026 އިން 31 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި މިއަހަރު ޖުމްލަ ފަސް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.







