








އައިޔޫއެމްއެސްޔޫ އާއި އެމްއެންޔޫ ވާދަކުރި މެޗުގެ ތެރެއިން...
މިހާރު ކުރިއަށްދާ ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2026 ގެ ފިރިހެން ޑިވިޝަންގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން އައިޔޫއެމްއެސްޔޫ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން އެމްއެންޔޫ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
މުބާރާތުގައި އެމްއެންޔޫ ކުޅުނު ފުރަތަމަ މެޗުގައި ވިލާ ކޮލެޖް ސްޓޫޑެންޓް އެސޯސިއޭޝަން (ވީސީއެސްއޭ) އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، މިއީ އައިޔޫއެމްއެސްޔޫ އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓް 16 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 20-4 ގެ ތަފާތުބޮޑު ނަތީޖާއަކުން އެމްއެންޔޫ އިން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 19 ޕޮއިންޓްގެ ލީޑަކާއެކު 23-4 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
އެގޮތުން މިމެޗުގައި އެމްއެންޔޫގެ ޖަޒްލާން 20 ޕޮއިންޓް ކާމިޔާބ
މީގެ އިތުރުން މިމެޗުގައި އެމްއެންޔޫގެ ރިޒްޚާން އަށް ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ ޖަޒްލާން ވަނީ ތިން ޕޮއންޓް ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ ލޫތް، އަލްސަން އަދި އަޔާޒް މިއިން ކޮންމެ ކުޅުންތެރިއަކު ދެ ޕޮއިންޓް ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވީސީއެސްއޭގެ މުހައްމަދު އަފްއާން އާތިފް އެވެ.
އޮކްޓޯބަރު 2026 އިން 31 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.




