








މިއާންޒް އާއި ވީސީއެސްއޭ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2026 ގެ އަންހެން ޑިވިޝަންގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން މިއާންޒް ބަލިކޮށް ވީލާ ކޮލެޖް ސްޓޫޑަންޓް އެސޯސިއޭޝަން (ވީސީއެސްއޭ) އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މުބާރާތުގައި މިއާންޒް ކުޅުނު ފުރަތަމަ މެޗުގައި އެމްއެންޔޫ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، މިއީ މުބާރާތުގައި ވީސީއެސްއޭ އިން ކުޅުނު ފުރަތަމަ މެޗެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓް 10 ޕޮއިންޓްގެ ލީޑަކާއެކު 22-9 ގެ ނަތީޖާއަކުން ވީސީއެސްއޭ އިން ކާމިޔާބުކުރިއިރު، މެޗުގެ ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ތިން ޕޮއިންޓްގެ ލީޑަކާއެކު 5-8 ގެ ނަތީޖާއަކުންނެވެ.
އެގޮތުން މިމެޗުގައި ވީސީއެސްއޭ މަރިޔަމް މާލް އަލީ 10 ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ އައިޝަތު ފްނާން އަދި އައިޝަތު ހުޝާމާ ހުސެއިން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އަށް ޕޮއިންޓް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިމެޗުގައި އެޓީމުގެ އާމިނަތު އުލްޔާ ބިންތު މުހައްމަދު އަދި އައިޝަތު އާލާ އަލީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ހަތަރު ޕޮއިންޓް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި މިއާންޒްގެ ޒުހާ ރަޝީދު އަށް ޕޮއިންޓް ކާމިޔާބުކުރިއިރު ، އެޓީމުގެ އާމިނަތު ނުޒުހާ މުހައްމަދު ވަނީ ހަ ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވީސީއެސްއޭގެ މަރިޔަމް މާލް އަލީ އެވެ.
އޮކްޓޯބަރު 2026 އިން 31 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި މިއަހަރު ޖުމްލަ ފަސް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.




