







މީއަންޒް އާއި އެމްއެންޔޫ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2026 ގެ އަންހެން ޑިވިޝަންގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން މިއާންޒް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން އެމްއެންޔޫ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓް ފަސް ޕޮއިންޓްގެ ލީޑަކާއެކު 8-13 ގެ ނަތީޖާއަކުން އެމްއެންޔޫ އިން ކާމިޔާބުކުރިއިރު، މެޗުގެ ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 14 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 5-19 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
އެގޮތުން މިމެޗުގައި އެމްއެންޔޫގެ ފާއިގާ 10 ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ ނާއިޝާ އަދި ޝިއުރާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އަށް ޕޮއިންޓް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިމެޗުގައި އެޓީމުގެ އަނާ ހަތަރު ޕޮއިންޓް ކާމިޔާބުކުރިއިރު، ސަޖްހަތު އަދި ޒާރާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްޕޮއިންޓް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި އައިޝަތު މުހައްމަދު ދީދީ ފަސް ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ ނުޒުހާ އަދި މަލްހާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި ތިން ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ދެޕޮއިންޓް ޒުހާ ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެންޔޫގެ ފާއިގާ އަހުމަދު އަލީ އެވެ.
އޮކްޓޯބަރު 2026 އިން 31 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.




