








ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2026 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން...ފޮޓޯ: ގާފު ސްޕޯޓްސް
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް ސްޓޫޑަންޓް ޔޫނިއަންގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ ގާފު އައިޔޫއެމްއެސްޔޫ ފުޓްސަލް ފިއެސްޓާ 2026 ކުލަގަދަ ރަސްމިއްޔާތަކާއެކު މިރޭ ފަށައިފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި މިރޭ ބޭއްވި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މާލޭ ސިޓީގެ މޭޔަރު އަލީ އާޒިމް އެވެ. އަދި މިރަސްމިއްޔާތުގައި އައިޔޫއެމްގެ ސްޓޫޑެންޓް ޑީންގެ އިތުރުން އައިޔޫއެމްއެސްޔޫގެ ރައީސްގެ ދާނިޝް ފަތުހީ ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން މިރަސްމިޔާތުގައި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެފައިވެއެވެ.
24 އޮކްޓޯބަރު 2026 އިން 31 އޮކްޓޯބަރު 2026 ގެ ނިޔަލަށް ދެޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ނުވަ ޓީމަކުން ވާދަކުރާ އިރު އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ފަސް ޓީމާއި އަންހެން ހަތަރު ޓީމެވެ.
މިއަހަރުގެ މުބާރާތުގެ ދެޑިވިޝަންގެ މެޗުތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.
މީގެ އިތުރުން މިމުބާރާތަކީ އައިޔޫއެމްއެސްޔޫގެ ފަރާތުން 2022 ވަނަ އަހަރުން ބާއްވަން ފެށި މުބާރާތެކެވެ. އަދި ފުރަތަމަ ދެ އަހަރު ހޭންބޯޅަ ފިއެސްޓާ ބޭއްވުމަށްފަހު 2025 ވަނަ އަހަރު ބާއްވައިފައިވަނީ ބީޗް ހޭންޑްބޯޅަ މުބާރާތެކެވެ.




