


.png?w=3840&q=75)





-
މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހުޅުމާލެ ސަހަރާގެ ކަށްވަޅުތަކުގައި ފެންބޮޑުވެ، އެ ސަހަރާގައި މީހުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލަން ޖެހުނީ، ވަޅުކޮނުމުން ކަށްވަޅުގައި 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން އޮތުމުގެ ސަބަބުންނެވެ.
މިކަމާ ގުޅިގެން މައްޔިތުން ވަޅުލުމުގެ އެންމެހައި އިންތިޒާމުތައް މިހާރު ވަނީ މާލޭ އާސަހަރާއަށް ބަދަލުކޮށްފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެކެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުން ފެށިގެން މާލެ ސަރަޙައްދަށް ބޯކޮށް ވާރޭވެހެމުންދާއިރު، މާލެއާއި ހުޅުމާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެ، ބިމުގެ އަޑީގެ ފެންފަށަލަ ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލެ ސަރަޙައްދުގެ ޢާންމު ދިރިއުޅުމަށާއި ޚިދުމަތްތަކަށް ބޮޑެތި ބުރޫއެރުންތަކެއް ކުރިމަތިވަމުންދާއިރު، ކަމާބެހޭ އިދާރާތަކުން ދަނީ ފެންބޮޑުވުމުގެ މައްސަލަތައް ޙައްލުކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.



.png?w=3840&q=75)



