.jpeg?w=3840&q=75)
-
ހދ. ކުމުންދޫގައި އަލަށް ޤާއިމުކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި، އެ މަރުކަޒުން ރައްޔިތުންނަށް ޚިދުމަތް ދޭން ފަށައިފިއެވެ.
ކުމުންދޫގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ކުމުންދޫ ކައުންސިލުގެ ރައީސް ޢަލީ ޤާސިމެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ސީޕީ އަޙްމަދު މުޙައްމަދެވެ.
އަދި ޤައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލްގެ ރައީސް ޢަލީ ޤާސިމެވެ. މީގެއިތުރުން، މި ރަސްމިއްޔާތުގެ ތެރެއިން ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ގަސް އިންދުމުގެ ޙަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި، ކުމުންދޫ ކައުންސިލް މެންބަރުންގެ އިތުރުން އެ ރަށުގައި ހުރި އެކިއެކި މުއައްސަސާތަކާއި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކުމުންދޫގައި މިއަދު ޚިދުމަތް ދޭން ފެށި ފުލުހުންގެ މަރުކަޒަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ޢިމާރާތްކޮށްފައިވާ ތަނެކެވެ. މި މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައި ބިންގާ އަޅާފައިވަނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ.
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ފުލުހުންގެ އަމިއްލަ މަރުކަޒެއް ޤާއިމުކޮށް، ރައްޔިތުންނާ ގާތުން އަމާން ވެއްޓެއް ކަށަވަރުކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުމުންދޫގައި މި ހުޅުވުނު މަރުކަޒާއެކު، އެ ރަށުގެ އިޖުތިމާޢީ ރައްކާތެރިކަމާއި ކުށް މަދުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެއެވެ.



.jpeg?w=3840&q=75)




.jpeg?w=3840&q=75)





.jpeg?w=3840&q=75)

