



.png?w=3840&q=75)




-
ހދ. ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އަޅާފައި އޮތް އާރުޓީއެލް ފެރީ ލޯންޗެއް ދިޔަވުމާ ގުޅިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް އެ ލޯންޗު ދިޔަވާން ފެށިކަމުގެ މަޢުލޫމާތު އެމްއެންޑީއެފްގެ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ފަތިހު 05:35 ހާއިރު ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ވަނީ ވަގުތުން އެ ސަރަޙައްދަށް ގޮސް ދިޔަ ހިއްކުމާއި، ލޯންޗު ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައެވެ.
ފަޔަރމަނުން ކުރި ބުރަ މަސައްކަތުން، ލޯންޗަށް ދިޔަވުން ކޮންޓްރޯލް ކުރެވިފައިވަނީ ހެނދުނު 07:50 ހާއިރުއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ލޯންޗަށް ފެންއެޅި، ލޯންޗުގެ ސައިލެންސަރަށް ފެން ވަނުމުގެ ސަބަބުން ކަމަށް މަޢުލޫމާތު ލިބެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބިފައެއް ނުވެއެވެ.




.png?w=3840&q=75)


