







ރާސްތާ ދޯނި
ފުވައްމުލައް ސިޓީއަށް ދަތުރުކުރަމުންދިޔަ "ރާސްތާ" ނަމަކަށް ކިޔާ މުދާ އުފުލާ ސަޕްލައި ދޯންޏެއް ދިޔަވަމުންދަނިކޮށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ފުލުހުން ބުނީ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެ ރަށާ ގާތްގަނޑަކަށް 12 ނޯޓިކަލް މޭލު ބޭރުން ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބިގެންކަމަށެވެ.ފުލުހުން ބުނީ ހާދިސާގެ މައުލޫމާތު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ގެ މެންދުރުފަހު 15:08 ހާއިރުކަމަށެވެ. އަދި އެ އުޅަނދުގައި އެވަގުތު ތިބީ 4 ދިވެހިންނާއި ބިދޭސީއާއެކު ޖުމްލަ 5 މީހުން ކަމަށް ފުލުހުން ބުންޏެވެ.
އުޅަނދުގައި ތިބި މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުން ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.







