








-
ކ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން އޮރެންޖު އިންޒާރު (އޮރެންޖު ވޯނިންގ) ނެރެފިއެވެ.
މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭގެ 20:50 އިން ފެށިގެން 22:30 ގެ ނިޔަލަށެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި އެ ސަރަޙައްދަށް މޫސުން އިންތިހާއަށް ގޯސްވެ، ބޯކޮށް ވާރޭވެހުމާއެކު ފެންބޮޑުވާނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ.
ކ. އަތޮޅާއި ވ. އަތޮޅަށް އޮރެންޖު އިންޒާރު ނެރެފައިވާއިރު، ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށާއި، މި ސަރަޙައްދުގައި ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި ޢާންމު ރައްޔިތުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.




