







މޯލްޑިވްސް އެކްސްޕޯ 2026 ހޮސްޓްކުރުމަށް ހައިސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެކްސްޕޯރ ގެ މެއިން ސްޕޮންސަރއަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މިއީ ރާއްޖޭގެ ސަގާފަތާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭހެން ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތައް ދައްކުވައިދޭނެ އެކްސްޕޯއެކެވެ.
މޯލްޑިވްސް އެކްސްޕޯ 2026 ވެގެންދާނީ އެކި ދާއިރާތަކާއި ހުނަރުވެރިން އެއް ފުރާޅެއްގެ ދަށުގައި އެއްބައިވަންތަކޮށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތަށެވެ.



