
ގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫޢަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަސްމާލޭގެ ތަރައްގީ ހަގީގަތަކަށް ހަދައިދޭނެ މުހިންމު މަޝްރޫޢެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް ކުރިއަށްގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވަނީ މި މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ހަގީގީ ކަންބޮޑުވުންތައް ހުރި ނަމަވެސް ސިޔާސީ ބޭނުމުގައި ކަންކަން އޮޅުވާލުމަށް ބައެއް ފަރާތްތަކުން ވާހަކަ ފަތުރަމުން އަންނަކަންވެސް ފާހަގަކުރައްވާފައެވެ. އަދި ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްގީކުރާ ޕްރޮޕަޓީތައް 99 އަހަރަށް ދިނުމާ ގުޅޭގޮތުން ފަތުރަމުން އަންނަ ވާހަކަތަކަށް ރިއާޔަތްކުރައްވާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ވިދާޅުވީ އެ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސަރުކާރަށްކަމަށާއި އެގޮތުން، 99 އަހަރަށް އެޕްރޮޕަޓީތައް ދޫކުރުމަށްފަހު އެތަން އެހެން ފަރާތަކަށް ނުވިއްކޭނެކަން ހާމަކުރައްވާ ވިދާޅުވީ މުއްދަތު ހަމަވުމުންވެސް އެ ޕްރޮޕަޓީތައް ވިއްކަން ޖެހެނީ ސަރުކާރަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ދޫކުރާ ޕްރޮޕަޓީތައް ބަޔަކަށް ދިނުމަށް ކުރެވޭ ކޮންމެ މުއާމަލާތެއްގައިވެސް ފައިިދާވާނީ ސަރުކާރަށްކަމަށެވެ. އަދި އެ މުއާމަލާތްތަކުން ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިްއޒު ވަނީ މި މަޝްރޫޢާ ގުޅިގެން ހަގީގީ ކަންބޮޑުވުންތައް ހުރި ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ސަރުކާރުން ފޯރުކޮށްދެއްވަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މި މަޝްރޫޢުގެ އެއްވެސް އެއްބަސްވުމެއް ޤާނޫނާއި ގަވާއިދުތަކާ ޚިލާފަށް ނުހަދާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.










%20(6).jpeg?w=3840&q=75)





