




%20(6).jpeg?w=3840&q=75)



އެޗް.އައި.ވީ އަށް އަމިއްލައަށް އެދިގެން ޓެސްޓްކުރުމާއި ކައުންސިލިންގ ދިނުމާ ގުޅޭގޮތުން ސިއްޙީ ދާއިރާގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ "ވޮލަންޓަރީ ކައުންސިލިންގ އެންޑް ޓެސްޓިންގ" (ވީ.ސީ.ޓީ) ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ކ. ތުލުސްދޫގައި އޮކްޓޫބަރު 13 އިން 17 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ޑޮކްޓަރުންނާއި، ނަރުހުން އަދި ލެބޯޓްރީ ޓެކްނީޝަނުން ހިމެނޭހެން ޖުމްލަ 27 ސިއްޙީ ޚިދުމަތްތެރިން ބައިވެރިވިއެވެ. މި ތަމްރީނުގެ މައިގަނޑު މަޤްޞަދަކީ
ޓެސްޓު ކުރުމުގެ ކުރިންނާއި ޓެސްޓަށްފަހު ފައިދާހުރި ގޮތެއްގައި ކައުންސިލިންގ ދިނުމާއި، އެކަށީގެންވާ ގޮތެއްގައި އެޗް.އައި.ވީ ޓެސްޓު ކުރުމާއި، ސިއްރު ހިފެހެއްޓުމާއި، އަދި ފަރުވާއާއި އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދޭ ޚިދުމަތްތަކާ މީހުން ގުޅުވައިދިނުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ބައިވެރިންނަށް ފޯރުކޮށްދިނުމެވެ.
މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ ޢަލީ އެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިންގެ އިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ މަންދޫބު މިސް ޕޭޑަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.







.jpeg?w=3840&q=75)
