

.jpeg?w=3840&q=75)



.jpeg?w=3840&q=75)

އެމްޓީސީސީ އާއި އެޗްޑީސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކުލަބް އެމްޓީސީސީ ބަލިކޮށް އެޗްޑީސީ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މުބާރާތުގައި އެމްޓީސީސީ ކުޅުނު ފުރަތަމަ މެޗުގައި ޕޮލިސް ކުލަބު އަތުން ސީދާ ތިން ސެޓުން ބަލިވެފައިވާއިރު، މިއީ އެޗްޑީސީ އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުނު މި މެޗުގައި ފުރަތަމަ ސެޓް ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 21-25 ގެ ނަތީޖާއަކުން އެޗްޑީސީ އިން ކާމިޔާބުކުރިއިރު، ސެޓު ފަށައިގެން އެޗްޑީސީ އިން ބޮޑު ލީޑެއް ނެގި ނަމަވެސް ސެޓު ކުރިއަށްދިޔަ ވަރަކަށް އެމްޓީސީސީ އިން ވަނީ ކުޅުން ރަނގަޅުކޮށް، ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.
މެޗުގެ ދެވަނަ ސެޓުގެ ކުރީކޮޅު ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ސެޓުގެ ފަހުކޮޅު އެޗްޑީސީ އިން ވަނީ ކުޅުން ރަނގަޅުކޮށް އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިސެޓް އެޓީމުން ކާމިޔާބުކުރީ ހަތް ޕޮއިންޓްގެ ލީޑަކާއެކު 18-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ތިންވަނަ ސެޓުގައި ފުރަތަމަ ދެ ސެޓޭކޭ އެއްގޮތައް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ވާދަވެރި ކުޅުމަކަށްފަހު އެޗްޑީސީ އިން ސެޓް ކާމިޔާބުކުރީ 23-25 ގެ ނަތީޖާއަކުންނެވެ.
15 އޮކްޓޯބަރު 2026 އިން 21 އިކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިއަހަރުގެ ޤައުމީ ވޮލީ ލީގު ފިރިހެން ޑިވިޝަނުގައި ޖުމްލަ ފަސް ޓީމަކުން އަންނީ ވާދަކުރަމުން ނެވެ.






.jpeg?w=3840&q=75)
