
.jpeg?w=3840&q=75)
.jpg?w=3840&q=75)


.jpeg?w=3840&q=75)

.jpeg?w=3840&q=75)
މޫސުން
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގުމޫސުމުގެ ވިއްސާރައިގެ އަސަރު ކުޑަވެ މޫސުން އަލިވާން ފަށާނީ އަންނަ އާދިއްތަ ދުވަހު ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓުން ލަފާކޮށްފިއެވެ.އެ އިދާރާއިން ބުނީ އާދިއްތަ ދުވަހުން ފެށިގެން ވާރޭވެހޭ މިންވަރު ދަށްވި ނަމަވެސް، މުޅި ހަފުތާގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
މިއަދާއި މާދަމާވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ އެކި ސަރަޙައްދުތަކަށް ވައިޓް އެލާޓްވެސް ނެރެފައެވެ. އަދި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވަނީ ހެނދުނު 09:30 އިން މެންދުރު 13:00 އާ ހަމައަށް ރީނދޫ އެލާޓް ވެސް ވަނީ ނެރެފައެވެ.މެޓު އޮފީހުން ލަފާކުރާ ގޮތުގައި މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އާންމުކޮށް ވައި އުޅެނީ އާދައިގެ މިންވަރަކަަށް މަޑުކޮށެވެ. އުތުރާއި މެދު ރާއްޖެތެރެއަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
.jpeg?w=3840&q=75)
.jpg?w=3840&q=75)