

.jpeg?w=3840&q=75)
.jpg?w=3840&q=75)


.jpeg?w=3840&q=75)

ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
އެކުވެރި އަރަބި އިމާރާތް - ޔޫއޭއީގެ ރިއަލްއެސްޓޭޓް އިންވެސްޓްމަންޓް އެންޑް ބިލްޑް ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދިނުމަށް ނިންމި ނިންމުމާއި ގުޅިގެން ދިވެހިންނަށް ލިބެން ހުރި ބޯހިޔާވަހިކަން ގެއްލޭ ކަމަށް ދައްކާ ވާހަކައަކީ އެއްބަސްވުމުގެ ހަގީގީ މަންފާތައް ފޮރުވުމަށް ފަތުރާ ބުހުތާނު ދޮގުތަކެއް ކަމަށް ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސްގެ އިންވެސްޓްމަންޓް ފްރޭމްވޯކްގެ ދަށުން، ދައުލަތުން އެއްވެސް މިންވަރެއްގެ ދަރަންޏެއް ނުނަގައި، ހުޅުމާލޭގައި އެކަނިވެސް ދިވެހި ރައްޔިތުންނަށް ހާއްސަކޮށްގެން 3 ކޮޓަރީގެ 5،000 ހައުސިން ޔުނިޓް ތަރައްގީކޮށްދިނުން ލާޒިމްކޮށްފައިވާ ކަމަށެވެ.
ޝުޖާއު ވިދާޅުވީ ރަސްމާލޭގެ ރެސިޑެންޝަލް ޔުނިޓްތައް ގަތުމުގައި ދިވެހިންނަށް އިސްކަންދެވޭނެ ކަމާއި، ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ ދިވެހި އާއިލާތަކަށް ލިބޭނެ ހަގީގީ މަންފާތަކެއްކަމަށްވެސް ޝުޖާއު ފާހަގަކުރެއްވި އެވެ.
ޖުމްލަ 20 ބިލިއަން ޑޮލަރުގެ ބޮޑު މި މަޝްރޫޢުގައި އީގަލް ހިލްސް ކުންފުންޏާއެކު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.


.jpeg?w=3840&q=75)
.jpg?w=3840&q=75)




