
.jpeg?w=3840&q=75)
.jpg?w=3840&q=75)


.jpeg?w=3840&q=75)

ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެ، ބުނެފައިވަނީ އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އެހެންނަމަވެސް، ވިއްސާރަވި ނަމަވެސް ވައި މަޑުވެ، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
ރީނދޫ ސަމާލުގެ އިތުރުން، ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެތީ ހުދު ސަމާލު ވެސް ނެރެފައި ވެއެވެ. އެގޮތުން ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ނެރެފައިވާ ހުދު ސަމާލުގައި ބުނީ މި ސަރަހައްދުތަކަށް ވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ހަފްތާގައި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ އަސަރު ކެނޑި، މޫސުން އަލިވާން ފަށާނީ އަންނަ ހަފްތާގައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
.jpeg?w=3840&q=75)
.jpg?w=3840&q=75)