.jpeg?w=3840&q=75)


.jpg?w=3840&q=75)

.jpg?w=3840&q=75)



-
ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށްވުރެ ވެސް ބޮޑަށް، މި ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ރަސްމާލެ މަޝްރޫޢާ ދެކޮޅުވެވަޑައިގަތުމުން ހައިރާންވެވަޑައިގަންނަވާ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ފަލާޙް ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ގުޅިގެން ޚަލީލްގެ ވިސްނުންފުޅު ހުރި ގޮތާމެދު ކުރިން އޭނާއަށް ހީކުރެވުނީ ގޯސްކޮށް ކަމަށެވެ. އަދި ރައީސް ޔާމީނަށްވުރެ ވެސް ބޮޑަށް ޚަލީލް އެ މަޝްރޫޢާ ދެކޮޅަށް ވާހަކަދައްކަވާ މަންޒަރު ފެނުމުން އޭނާ ވަރަށް ބޮޑަށް ހައިރާންވެވަޑައިގެންނެވި ކަމަށް ފަލާޙް ފާހަގަކުރެއްވިއެވެ.
ފަލާޙްގެ މި ޕޯސްޓަށް ރައްދު ދެއްވަމުން ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، އެމަނިކުފާނު ފާހަގަކުރެއްވި ވާހަކަތަކުގެ ޚުލާޞާއަކީ ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނަންޖެހޭނެ ކަމާއި، އެފަދަ މަޝްރޫޢުތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ސަރުކާރުން ސާފުކޮށް އޮޅުންފިލުވައިދޭން ޖެހޭނެ ކަމުގެ ވާހަކަ ކަމަށެވެ.
މި ދެ ވާހަކަ އެގޮތަށް ބުނުމަކީ ރަސްމާލެ މަޝްރޫޢާ ދެކޮޅުވުން ކަމަށް ބަލާނަމަ، ޤައުމީ މިފަދަ ބޮޑެތި ކަންކަމުގައި ދިވެހި ރައްޔިތުން ދެން ތިބެންޖެހޭނީ ހަނުހިމޭނުންތޯ ސުވާލު އުފައްދަވަމުން ޚަލީލް ވަނީ ފަލާޙަށް ރައްދު ދެއްވާފައެވެ.
ރަސްމާލެ ހިއްކުމުގެ ޚަރަދާއި، ބިމުގެ އަގުމަގާއި، އަޕްފްރަންޓް ޕޭމަންޓް އަދި ޓެކްސް އާމްދަނީ ފަދަ މުހިންމު މަޢުލޫމާތުތައް ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ޚަލީލް ގޮވާލައްވާފައިވާއިރު، ޕީއެންސީގެ ޕީޖީ ލީޑަރާއި ސަރުކާރުގެ ކުރީގެ ވަޒީރާ ދެމެދު ބަދަލުކުރެވުނު ހޫނު ރައްދުތަކާއެކު ރަސްމާލެ މަޝްރޫޢާ މެދު ސިޔާސީ މަސްރަޙުގައި އުފެދިފައިވާ ބަހުސް ވަނީ އިތުރަށް ހޫނުވެގެން ގޮސްފައެވެ.
.jpeg?w=3840&q=75)


.jpg?w=3840&q=75)


.jpg?w=3840&q=75)
.jpeg?w=3840&q=75)