





%20(1).jpg?w=3840&q=75)


-
ޔަމަނުގެ ވެރިރަށް ސަނާ މައި އެއާޕޯޓް ކަމަށްވާ ސަނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ވަރުގަދަ ޙަމަލާއެއް ދީފައިވާ ކަމަށް ހޫޘީން ހިންގާ އަލް މަސީރާ ޓީވީން ރިޕޯޓުކޮށްފިއެވެ.
މި ޙަމަލާއާ ގުޅިގެން، ސަޢޫދީ ޢަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން މިހާތަނަށް އަދި އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.
ސަނާ އެއާޕޯޓަށް މި ޙަމަލާ އަމާޒުވެފައި މިވަނީ، ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ ގިނަ އެއާޕޯޓުތަކަކަށް އަމާޒުކޮށް ހޫޘީ ހަނގުރާމަވެރިން ނުރައްކާތެރި ޙަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.
އޭގެ ތެރޭގައި ރިޔާދުގެ މައި އެއާޕޯޓަށް މިއަދު ހެނދުނު ދިން ލޭއޮހޮރުވުން ބޮޑު ޙަމަލާއާއި، ސަޢޫދީގެ އެއާޕޯޓުތައް ބޭނުންނުކުރުމަށް އެއާލައިންތަކަށް ހޫޘީން އިންޒާރު ދީފައިވާ ދަނޑިވަޅެއްގައި ކަމަށްވާތީ، މިއީ ސަޢޫދީ ކޯލިޝަނުން ދޭން ފެށި ރައްދު ޙަމަލާއެއް ކަމަށް ބެލެވެއެވެ.
ޔަމަނުގެ ސަނާ އެއާޕޯޓަކީ ހޫތީންގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ އެއާޕޯޓެކެވެ.







.jpeg?w=3840&q=75)