.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)
ޔަމަނުން އިޒްްރޭލަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް ފޮނުވާލައިފި އެވެ.
ނިރުބަވެރި އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އިޒްރޭލުގެ ވައިގެ ދިފާއީ ބާރުތަކުން އިސްރާއީލާ ދިމާލަށް އައި ޑްރޯނެއް ހުއްޓުވާފައިވާ ކަމަށެވެ. އަދި މި ޑްރޯން އައިސްފައިވަނީ "އިރުމަތީ ފަރާތުން" ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ވަނި ބުނެފައި އެވެ.
އިޒްރޭލުގެ މީޑިއާތަކުން ބުނާ ގޮތުގައި އިނިޝިއަލް އެސެސްމަންޓުތަކުން މި ޑްރޯން ފޮނުވާލާފައިވަނީ ޔަމަނުން ކަމަށް ބެލެވެއެވެ.
މި ހަމަލާއަކީހޫތީންގެ ހަމަލާއެއް ކަމަށް އިޒްރޭލުގެ މީޑިއާތަކުން ބުނި ނަމަވެސް އަދި މިހާތަނަށް ހޫޘީން ހަމަލާއާއިގުޅޭ ވަކި އެއްޗެއް ހާމަކޮށްފައި ނުވެއެވެ. ނަމަވެސް، މި ހަމަލާ ދީފައިމިވަނީ ފާއިތުވި ދުވަސްތަކުގައި އެމެރިކާއިން ޔަމަނުގެ އެކި ހިސާބުތަކަށް އެތައް ހަމަލާތަކެއް ދިން ނަމަވެސް، އިޒްރޭލަށް ދެމުންދާ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް ޔަމަނުގެ ޖަމާއަތުގެ ލީޑަރު ވައުދުވެވަޑައިގެންފައި ވަނިކޮށެވެ.
ޔަމަނުން އިޒްރޭލަށް ދާދި ފަހުންވެސް ވަނީ ޑްރޯން އާއި މިސައިލް އަދި ރޮކެޓު ހަމަލާތަކެއްވެސް ދީފައި އެވެ.
.jpeg?w=3840&q=75)




