
--
އެމެރިކާއިން ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ދޭން ފެށި ހަމަލާތަކުގައި ރޭ ޔަމަނަށް ދިން ވަރުގަދަ ހަމަލާގައި 80 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
ހޫތީންނާއި ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާއިން ދެމުން އަންނަ ހަމަލާތަކުގައި ރޭ އެމެރިކާއިން ހަމަލާ އަމާޒުކުރީ ހޫތީންގެ ބާރު ހިނގާ ހޮޑެއިޑާ ސަރަހައްދުގައި އޮންނަ ރަސިސާ ބަނދަރު ސަރަހައްދަށެވެ.
ޔަމަނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނާގޮތުގައި ރަސިސާ ބަނދަރަށް އެމެރިކާއިން ރޭ ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 80 އަށް އަރާފައިވާ ކަމަށެވެ.
އަދި 150 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައި ކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ.ރޭގެ ހަމަލާތަކަކީ މިދިޔަ ޖެނުއަރީ މަހު ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމެރިކާއިން ޔަމަނަށް ވައިގެ ހަމަލާތައް ދޭން ފެށި ފަހުން ދިން އެންމެ ނުރައްކާތެރި ހަމަލާތަކެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ މި ވައިގެ ހަމަލާތަކަކީ ހޫތީންގެ ތެލުގެ އާމްދަނީއަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށެވެ.
.jpeg?w=3840&q=75)



.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)