








-
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ދޫނިދޫގައި ރަސްމީކޮށް ނައްތާލައިފިއެވެ.
މި ތަކެއްޗަކީ ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް ގެނެވުނު ތިން އިންސިޑެންޓެއްގައި ހިމެނޭ ތަކެއްޗެވެ.
މި އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު ދޫނިދޫގައި ނައްތާލާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ:
މި ތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ ދަށުން ޚާއްޞަކޮށް އެކުލަވާލެވިފައިވާ ކޮމިޓީގެ ސީދާ ބެލުމުގެ ދަށުންނެވެ.




