




.jpg?w=3840&q=75)



އަންހެން ސިންގަލްސް ޗެމްޕިއަން އަނުމް އަހުމަދު ވަސީމް
މިހާރު ކުރިއަށްދާ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ ދެވަނަ ޑިވިޝަން އަންހެން ސިންގަލްސް ޗެމްޕިއަންކަން އަނުމް އަހުމަދު ވަސީމް ހޯދައިފިއެވެ.
ފައިނަލުގައި ޢާއިޝަތު ޒުލްފިޝާން އާއި ވާދަކޮށް އަނުމް ޗެމްޕިއަންކަން ހޯދީ ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ހުޅުމާލޭ ކެރަމް ހޯލުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު އަނުމް 13-15 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު ދެވަނަ ސެޓް އަނުމް ކާމިޔާބުކުރީ ފަސޭހަކަމާއެކު 11-19 ގެ ނަތީޖާއަކުންނެވެ.
މީގެ އިތުރުން މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުން ތިންވަނަ ހޯދީ އާމިނަތު ޖުނާނާ ސައުދުالله އެވެ. މުބާރާތުގެ ތިންވަނަ ހޮވަން ކުޅުނު މެޗުގައި އާމިނަތު ކައިސާ ބިންތީ އަބްދުالله އާއި ވާދަކޮށް ޖުނާނާ މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
އެގޮތުން މެޗުގެ ފުރަތަމަ ސެޓް 12-17 ގެ ނަތީޖާއަކުން ކައިސާ ކާމިޔާބުކުރިއިރު، ޖެހިގެންއައި ދެވަނަ ސެޓް 17-15 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖުނާނާ ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
03 އޮކްޓޯބަރު 2026 އިން 07 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދިޔަ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ ދެވަނަ ޑިވިޝަނުގެ އަންހެން ސިންގަލްސް އިވެންޓުގައި މިއަހަރު 26 ކުޅުންތެރިއަކު ވަނީ ވާދަކޮށްފައެވެ.








