
.. ފިރިހެން ސިންގަލްސް ޗެމްޕިއަން އަޒްލާން އައުޒަލް
މިހާރު ކުރިއަށްދާ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ ދެވަނަ ޑިވިޝަން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އަޒްލާން އައުޒަލް ހޯދައިފިއެވެ.
ފައިނަލުގައި އަހުމަދު މައިޝާން އާއި ވާދަކޮށް އަޒްލާން ޗެމްޕިއަންކަން ހޯދީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ހުޅުމާލޭ ކެރަމް ހޯލުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ސެޓް ހަ ޕޮއިންޓްގެ ލީޑަކާއެކު 19-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މައިޝާން އެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް 13-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަޒްލާން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
މީއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ފަސޭހަކަމާއެކު 12-25 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް އަޒުލާން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓުން ތިންވަނަ ހޯދީ މުހައްމަދު ޒީހާން އެވެ. މުބާރާތުގެ ތިންވަނަ ހޮވަން ކުޅުނު މެޗުގައި މުހައްމަދު މިޝާލް އަލީ އާއި ވާދަކޮށް ޒީހާން މެޗު ކާމިޔާބުކުރީ 17-15 / 19-12 ގެ ނަތީޖާއަކުންނެވެ.
03 އޮކްޓޯބަރު 2026 އިން 07 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދިޔަ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް އިވެންޓުގައި މިއަހަރު 53 ކުޅުންތެރިއަކު ވަނީ ވާދަކޮށްފައެވެ.














.jpg?w=3840&q=75)

