








މެންސް ޑަބަލްސް ޗެމްޕިއަންކަން އަކްރަމް އާއި އަޒްލާން... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ މެންސް ޑަބަލްސް ޗެމްޕިއަންކަން އަލީ އަކްރަމް އާއި އަޒްލާން އައުޒަލްގެ ޕެއާ އިން ހޯދައިފިއެވެ.
ފައިނަލުގައި އަހުމަދު މައިޝާން އާއި ރިބާހް ހުސައިންގެ ޕެއާ އާއި ވާދަކޮށް އަލީ އަކްރަމް އާއި އަޒްލާން އައުޒަލްގެ ޕެއާ އިން މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ހުޅުމާލޭ ކެރަމް ހޯލުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 14/18 ގެ ނަތީޖާއަކުން އަކްރަމް އާއި އަޒްލާންގެ ޕެއާ އިން ކާމިޔާބުކުރިއިރު، މެޗުގެ ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 19/06 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މީގެ އިތުރުން މުބާރާތުގެ މެންސް ޑަބަލްސް އިވެންޓުން ތިންވަނަ ހޯދީ ހަސަން ލަތީފް އާއި އިބްރާހިމް މޫސާގެ ޕެއާ އިންނެވެ. މުބާރާތުގެ ތިންވަނަ ހޮވަން ކުޅުނު މެޗުގައި މުހައްމަދު މިޝާލް އަލީ އާއި އަބްދުالله އާމިން ހުސައިންގެ ޕެއާ އާއި ވާދަކޮށް ހަސަން ލަތީފް އާއި އިބްރާހިމް މޫސާގެ ޕެއާ އިން މެޗު ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 25-06 / 19-25 އަދި 25-00 ގެ ނަތީޖާއަކުންނެވެ.
03 އޮކްޓޯބަރު 2026 އިން 07 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދިޔަ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ ދެވަނަ ޑިވިޝަންގެ މެންސް ޑަބަލްސް އިވެންޓްގައި މިއަހަރު ޖުމްލަ 25 ޕެއާ އަކުން ވަނީ ވާދަކޮށްފައެވެ.








