


.jpg?w=3840&q=75)





"ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮތް ޔޫތު އެމްޕަވަރމަންޓް ސްޕޯޓްސް އެންޑް ފިޓްނަސް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަބްދުﷲ ރާފިއުއެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓަރ މުހައްމަދު އަމީންއެވެ.
މި އެމްއޯޔޫގެ ދަށުން ދެ މިނިސްޓްރީ ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމުރީނުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެއެވެ. އަދި އެމްއޯޔޫގެ ތެރެއިން މިނިސްޓްރީ އޮފް ޓޫރިޒަމް އިން ދެވޭނެ ސަޕޯޓް އަކީ ރިސޯޓްތަކާއި އޮންނަ ގުޅުން ރަނގަޅުކޮށްދިނުމާއި، ރިސޯޓްތަށް މި ޕްރޮގްރާމް އަށް އޮންބޯޑްކޮށް، ރިސޯޓްތަކުގެ ބައިވެރިވުން ރަނގަޅުކުރުމެވެ.
ހަމައެއާއެކު ރިސޯޓްތަކާއިމެދު އޮންނަ މައްސަލަތައް ހައްލުކޮށްދޭން ފަސޭހަވެ، ސަޕޯޓް ރޯލްއެއް ގޮތުގައި މަސައްކަތް ކޮށްދިނުންވެސް ހިމެނެއެވެ.
މީގެއިތުރުންވެސް މިއަހަރު ނިމުމުގެ ކުރިން ސެޓްފިކެޓް ލެވެލް 4 ގެ ކޯސްތައް ފެށުމަށް ދެ މިނިސްޓްރީން މަސައްކަތް ކުރާނެއެވެ.



.jpg?w=3840&q=75)




