
-
ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ޤަވާޢިދުތަކަށް ޢާންމު ރައްޔިތުންނާއި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަހުލުވެރިކުރުމުގެ ގޮތުން މިނިސްޓްރީން ކުރިއަށްގެންދާ ޚާއްޞަ އޮންލައިން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މި ސެޝަންތަކުގެ މައިގަނޑު މަޤްޞަދަކީ ޢިމާރާތްކުރުމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ އެކިއެކި ޤަވާޢިދުތަކަށް ޢާންމުންނާއި އިމާރާތްކުރުމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތައް ހޭލުންތެރިކުރުވުމެވެ.
މި ޕްރޮގްރާމުގެ ތެރެއިން ޢިމާރާތްކުރުމުގެ މަސައްކަތްތަކާ ގުޅިގެން ނަގަންޖެހޭ އެކި ބާވަތުގެ ހުއްދަތައް ދިނުމުގެ މަރުޙަލާތަކާއި، ކުރެހުން ފާސްކުރުމުގެ އުޞޫލުތައް އަދި ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރަން އޮންނަ ގޮތްތަކުގެ ތަފްޞީލީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި އޮންލައިން ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 15 އޮކްޓޫބަރު 2026 ގެ ނިޔަލަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަން ޝައުޤުވެރިވާ ފަރާތްތަކުން، ކޮންމެ ސެޝަނެއް ފެށުމުގެ އެންމެ ލަސްވެގެން އެއްދުވަސް ކުރިން އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރޭޝަން ފުރިހަމަކުރަން ޖެހޭނެއެވެ. އަދި މި ޕްރޮގްރާމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 7256557 ނަންބަރު ފޯނަށް ގުޅުއްވުމަށް ނުވަތަ އަށް އީމެއިލް ކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.









